އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ހަންޏާމީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގައި އެރަށުގެ ގޮނޑުދޮށަށް 14،322.75 ކިއުބިކް މީޓަރުގެ ރާޅު ވެލިއެޅުމާއި 14،322.75 ކިއުބިކް މީޓަރުގެ ހިމުން ވެލި ގޮނޑުދޮށަށް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި 455 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއްލުމާއި 440 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ވެސް ޖަހާނެއެވެ.
މި މަސައްކަތް ހަވާލުކުރީ 240 ދުވަސްތެރޭގައި ނިންމާގޮތަށް 46.20 މިލިއަން ރުފިޔާއަށެވެ.
ބިމުގެ ރަޖިސްޓްރީގެ މަސައްކަތް ކުރިޔަށް ދަނީ
ކުރެހުން ފައިނަލް ކުރުމުގެ މަސައްކަތް ކުރިޔަށްދަނީ
90%
ކޮންކުރީޓް މަސައްކަތް ނިމިފައި
100%
ހިޔާކުރުމުގެ މަސައްކަތް
100%